ENGLISH

07 ޖުލައި 2025

Advertisement

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯ ޓަވަރަކުން މީހަކު ވެއްޓި ނިޔާވެއްޖެ

10 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯ އިމާރާތް

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯ ޓަވަރުގެ 9 ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓި މިއަދު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވީ ގޮތުގައި އިމާރާތެއްގެ މަތިން ވެއްޓި ނިޔާވީ ހ. ގިނިރާހި އާގޭ އުމުރުން 31 އަހަރުގެ އިބްރާހިމް ޝަރަފް ކަމަށެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނު އިރު ވެސް އޮތީ ނިޔާވެފައިކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާ ހިނގީ މިއަދު ހަވީރު 4:45 ހާއިރުއެވެ.

ފުލުހުން ވަނީ ނިޔާވި މީހާގެ އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު