ENGLISH

26 ޖުލައި 2026

Advertisement

ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ފޫޓިންގެ މަސައްކަތްތައް ކުރިއަށް

26 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، ފޫޓިންތަކުގެ ކޮންކްރީޓް މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. 27.6 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

މި އިމާރާތުގެ މަސައްކަތް ނިމުމުން، ކުޑަފަރީ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިތުރަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށާއި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށުގައި އައު އިމާރާތްތައް ބިނާކުރުމުގެ މުހިންމު މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު