ENGLISH

26 ޖުލައި 2026

Advertisement

މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

26 ޖުލައި 2026

|

އައިމިނަތު ޝަފާ

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބުރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ 61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ފޮނުއްވައިފިއެވެ.

އެމަނިފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ރާނީ ވިކްޓޯރިއާގެ ބަދަލުގައި، ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު ޑިސެމްބަރ 16 އާއި 23 ވަނަ ދުވަހާ ދެމެދު ކުރެވުނު މުއާހަދާގެ ދަށުންނެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވީ އޭގެ 78 އަހަރު ފަހުން 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. 

މިއަދު މި ފާހަގަކުރަނީ ދިވެހިންގެ މިނިވަންކަމަށް 61 އަހަރު ފުރޭ ފަހުރުވެރި މިނިވަންދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު