ENGLISH
26 ޖުލައި 2026
ގުޅީ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ މަސައްކަތް ނިންމާލައިފި
26 ޖުލައި 2026
|
ގުޅީ ސްކޫލްގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. ގުޅީ ސްކޫލްގައި އަލަށް އިމާރާތްކުރާ 6 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ.
ގުޅީ ސްކޫލްގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ މި އައު އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، ގުޅީ ސްކޫލުގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އުނގަންނައިދިނުމުގެ މާޙައުލަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތަކުގެ އިތުރުން ތަޢުލީމީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫޢުތައް ހަލުވިކަމާއެކު އަންނަނީ ކުރަމުންނެވެ.