ENGLISH
05 ނޮވެމްބަރު 2025
ރައީސް މައުމޫނާއި ގުޅޭގޮތުން ދޮގު ފަތުރާ އެމްޑީޕީގެ އެކްޓިވިސްޓުން ފަތުރާ ދޮގުތަކަށް ޑީޑީގެ ވަރުގަދަ ރައްދެއް
05 ނޮވެމްބަރު 2025
|
އިބްރާހިމް ދީދީ، ރައީސް މައުމޫން
ނޮބެންބަރު 3, 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާ ކުރިމަތިވުމުން އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް "ދޮންނަ މެޝިނެއްގެ ތެރޭގައި ފިއްލެވީ" ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ދައްކަމުންދާ ދޮގު ވާހަކަތަކަށް ނަސްރުގެ ދުވަހުގެ ޤައުމީ ބަތަލު -- ރިޓަޔާޑް އިބްރާހިމް ދީދީ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ރައީސް މައުމޫނާއި ގުޅޭގޮތުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދޮގު ވާހަކަތަކެއް ފަތުރަނީ މި އަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް މައުމޫނަށް ޝަރަފުގެ ޚާއްސަ އައްޑައެއް އެރުވުމާއި ގުޅިގެންނެވެ.
ރައީސް މައުމޫނާއި އަދި ސިޔާސީ އެ ނޫންވެސް ބައެއް ލީޑަރުންނާއި ގުޅޭގޮތުން ވަރަށް ގިނައިން ބުހުތާނު ދޮގު ވާހަކަތަކާއި ފިތުނަވެރި އެތައް ވާހަކަތަކެއް ފަތުރަމުންދާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަށް ރައްދު ދެއްވާ އިބްރާހިމް ދީދީ ވިދާޅުވީ ރައީސް މައުމޫން ވެރިކަމާއި ޙަވާލް ވެވަޑައިގެން 1978 ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިންނަށް ހިލޭ ޓްރެނިން އާއި ހިލޭ ހަތިޔާރު އޭރުގެ ފެންވަރަށް ހޯއްދަވައި ދެއްވެވި ކަމަށެވެ. 1988 ނޮވެމްބަރ 3 ގައި ސިފައިން ގެ މަރުކަޒު ތަމަޅައިން ގެ އަތްދަށަށް ނުގޮސް الله سبحانه وتعالى ގެ ރަޙްމަތްފުޅުން ސަލާމަތް ކުރެވުނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މި އީ އެކަން އެއްމެ ގާތުން ދުށް މީހެއް. 3 ނޮވެމްބަރ 1888 ގަ އެމަނިކުފާނު އަރިހުގަ ފަތިހު ފަހެއް ޖެހީއްސުރެ ހައެއް ޖަންދެން ހަތިޔާރާއި އެކު އަޅުގަނޑު ހުރިން އެމަނިކުފާނު ކެނޑި ނޭޅި ފޯނުން މަސަތްކަތްޕުޅު ކުރެއްވީ ދިވެހި ސިފައިންނަށް އިރުޝާދު ދެއްވަވާ އަވަށްޓެރި އަދި ދުރު ޤަވްމުތަކުގެ ވެރިންނާއި ގުޅުއްވައިގެން އެހީތެރިކަން ހޯއްދެވުމަށް ހިތްވަރުފުޅާއި ޙިކްމަތް ތެރިކަމާއި އެކު. ވޮޝިން މެޝިންފޮށިގަނޑެއްގެ ގެ ވާހަކަ އެއީ ދޮގު ބުހުތާން އެއްވެސް އަޞްލެއް ނެތް ވާހަކަ," ދީދީ ވިދާޅުވި އެވެ.
އަދި ވިދާޅުވެ އޭރުގެ ރަސްމީގެކޮޅު -- ތީމުގެ އިން ފަތިހު އެ ބިރުވެރި ވަގުތު ތުއްޕުޅު ދަރިކަލުން މިހާރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އާއި އަނބިކަނބަލުންނާއި އެކު ނުކުމެވަޑއިގަތީ ހިތްވަރުފުޅުގަދަވީމަ ކަމަށެވެ.
"އެއްވެސް ބޭފުޅަކާއި ބެހޭ ގޮތުން މިހާ ހައްސާސް ކަމެއްގަ އަޞްލެއް ނެތްވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއްނޫން," ދީދީ ވިދާޅުވި އެވެ.
ދީދީ އަކީ އެ ބިރުވެރި ވަގުތު އެއްވެސް ޖެހިލުމެއް ނެތި ބަޑި ގުދަނުގެ ތަޅުދަނޑި ފޯރުކޮށް ދިނުމަށް ޤުރުބާންވެވަޑައިގެންނެވި ބަތަލެެކެވެ.