ENGLISH
26 ޖުލައި 2026
އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުން؛ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްތައް ޖަހަނީ
26 ޖުލައި 2026
|
އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރުމިނުގައި ކުރިއަށްގެންދާކަން އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ އާ ބަނދަރު ފުންކުރުމާއި އެއްގަމުތޮށީގެ ބްލޮކް އެތުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ.
އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ:އެމްޓީސީސީ
ޖުމްލަ 66.40 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫޢަކީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އުމްރާނީ އެތައް މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.