ENGLISH

26 ޖުލައި 2026

Advertisement

އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ގުރުބާނީ ދަރިންނަށް ވާސިލްކޮށްދިނުން: ފަސްޓް ލޭޑީ

26 ޖުލައި 2026

|

އައިމިނަތު ޝަފާ

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އަތޮޅުތެރެއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން.. ފޮޓޯ؛ ރައީސް އޮފީސް

މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ މިނިވަންދުވަހާއެކު އަހަރެމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުންކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. 

ދުވަހުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަހަރެމެންނަށް ލިބިފައި ވަނީ މާޒީގައި ކާބަފައިން ވެވަޑައިގެންނެވިު މަތިވެރި ގުރުބާނީތަކެއްގެ ސަބަބުންކަމަށެވެ.  އެހެންކަމުން، މިއަދު އަހަރެމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް އަހަރެމެންގެ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ވިދާޅުވީ  މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަށް މިފަދަ ދުވަހެއްގައި އިސްކަންދޭންޖެހޭނެކަމަށެވެ. 

"އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމެވެ. ކީރިތި ﷲ އަޅުގަނޑުމެންގެ މި މަސައްކަތުގައި ކާމިޔާބީ ދެއްވާށިއެވެ!،" ފަސްޓް ލޭޑީ ވިދާޅުވިއެވެ. 

މިއަދަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 އަހަރު ފުރޭ މިނިވަން ދުވަހެވެ.

ދިވެހިރާއްޖޭގެ ތާރީހުން އެނގޭ ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލިފައި ވަނީ ތިން ފަހަރެއްގެ މަތިންނެވެ. ރާއްޖޭގެ މިނިވަންކަން ބީވެގެން އެންމެފުރަތަމަދިޔައީ މީލާދީން 1558 އިން 1573އަށް ޕޯޗްގީޒުންގެ އަތްދަށަށް ރާއްޖެ ދިޔަ ދުވަސްވަރެވެ. ދެން މިނިވަންކަން ގެއްލުނީ ހިޖްރައިން 1166ގައި ހޮޅީންގެ އަތްދަށަށް ރާއްޖެ ދިޔަ 3 މަހާ 20 ދުވަހެވެ. އެއަށް ފަހު ދެން ރާއްޖެ ދިޔައީ އިނގިރޭސީންގެ "ހިމާޔަތުގެ" ދަށަށެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ރާނީ ވިކްޓޯރިއާގެ ބަދަލުގައި، ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު ޑިސެމްބަރ 16 އާއި 23 ވަނަ ދުވަހާ ދެމެދު ކުރެވުނު މުއާހަދާގެ ދަށުންނެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވީ އޭގެ 78 އަހަރު ފަހުން 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު