ENGLISH

26 ޖުލައި 2026

Advertisement

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ

26 ޖުލައި 2026

|

އާމިނަތު ނުޒްލާ

ދިވެހިރާއްޖޭގެ ޕާސްޕޯޓް - ފޮޓޯ: އެޑިޝަން،އެމްވީ

މިނިވަން ދުވަހާއި އެ ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީހާއި އައްޑޫ ސިޓީ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާ ސަރުކާރު ބަންދު ނަމަވެސް، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ބަންދު ދުވަސްތަކުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

  • މާލެ އަދި އައްޑޫ އޮފީސް: ހެނދުނު 8:30 އިން ހަވީރު 17:00 އަށް
  • ހުޅުމާލެ އޮފީސް: ހެނދުނު 8:30 އިން ހަވީރު 16:00 އަށް

އިމިގްރޭޝަނުން އިތުރަށް މައުލޫމާތު ދިން ގޮތުގައި މި ހިދުމަތް ހޯދުމަށް 'ކިއުބީ' އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެއެވެ. މީގެ އިތުރުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޕާސްޕޯޓުގެ ހިދުމަތް ހޯދޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު