ENGLISH
22 އޭޕްރީލު 2025
ރޯދަމަހު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ޢާއްމުކޮށްފި
09 ފެބްރުއަރީ 2025
|
އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހު ފެށޭ 1446 ވަނަ އަހަރުގެ ރޯދަމަހު، ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ވިޔަފާރިތައް، ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު އާއްމުކުރައްވައިފިއެވެ.
ރޯދަމަހު ކެއުންބުއިމުގެ ޚިދުމަތްދޭ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި، ހަ ރޯދައިގެ މުއްދަތުގައި ކެއުންބުއިމުގެ ޚިދުމަތްދޭ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔާފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކެއިންބުއިމުގެ 24 ގަޑިއިރު ޚިދުމަތްދޭ ވިޔަފާރިތައް ވެސް ރޯދަ މަހާއި، ހަ ރޯދައިގެ މުއްދަތުގައި އެ ގަޑިތަކަށް ޢަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.
މުދާ ވިއްކާ ވިޔަފާރިތައް ރޯދަ މަހާއި ހަ ރޯދައިގެ މުއްދަތުގައި ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. އެކަމަކު މުދާ ވިއްކާ ވިޔަފާރިތަކުން، ފެބްރުވަރީ 15 ވަނަ ދުވަހުން ފެށިގެން އެ ގަޑިތަކަށް ޢަމަލުކުރުމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ރޯދަ މަހު ކެއުންބުއިމާއި މުދާ ވިއްކާ ވިޔަފާރިތަކުގެ ގަޑިތައް ކޮންމެ އަހަރަކުވެސް އާއްމުކުރެއެވެ. އަދި، އެންގުމާ ޚިލާފަށް ޢަމަލުކުރާ ވިޔަފާރިތައް ބަލައި، ފިޔަވަޅު އަޅައެވެ.