ENGLISH
21 އޭޕްރީލު 2025
ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ދެން ހިންގާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން
28 ޑިސެމްބަރު 2024
|
މިނިސްޓްރީ އޮފް ފައިނޭންސްގެ ބޭރުން ނަގައިފައިވާ ފޮޓޯއެއް
ބޯހިޔާވަހި ކަމާ ގުޅޭ ކަންކަން ކުރިއަށް އޮތްތާގައި ހިނގާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު ކެބިނެޓަށް ބަދަލު ގެންނެވިއިރު ބޯހިޔާވަހިކަމުގެ މަސައްކަތް ހަވާލުކުރެއްވި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ބޯހިޔާވަހިކަމުގެ ގުޅުންހުރި ހުރިހާ ކުރިއަށްގެންދާނީ އެމިނިސްޓްރީއިން ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބަދަލާއެކު އެމިނިސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ލިބޭނެ ކަމަށާއި ގެދޮރުވެރިކަމާއި ބެހޭ މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ އެ މިނިސްޓްރީގެ ރަސްމީ ފޯނު ނަމްބަރު 4004900 އަދި 4004901 އަށް ގުޅުމަށްވެސް އެ މިނިސްޓްރީއިން ވަނީ އެދި ވަޑައިގަނެފައެވެ.