ENGLISH
26 މޭ 2026
މިހާތަނަށް ހިމަބިހީގެ ނުވަ ކޭސް، ފަސް ކޭސްގެ އިންވެސްޓިގޭޝަން ކުރިއަށް
26 މޭ 2026
|
ކުއްޖަކަށް ހިމަބިހި ޖެހިފައި --
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ ނުވަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާ މިވަގުތު ފަސް ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އެ އެޖެންސީން މިއަދު ވަނީ ހިމަބިހީގެ އަދާހަމަ ހާމަކޮށްފަ އެވެ. އެ އެޖެންސީން ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ ނުވަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާ މިވަގުތު ފަސް ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުން ކަމަށެވެ.
އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން އަންނައިރު އިރު މާސްކު އަޅަން ހަނދާންކޮށްދީފަ އެވެ.
އަދި ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގަ އެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގަ އެވެ.
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެތެރެއަށް ވައިރަސް ފެތުރިގެން ދިއުމުން، ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުންނާނެ އެވެ. އަދި ވައިރަސް އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެއިތުރުން ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިގެން ދާނީ ބިހި ނެގުމުގެ 4 ދުވަސް ކުރިން އަދި ބިހި ނެގުމުގެ 4 ދުވަސް ފަހުންނެވެ.