ENGLISH

26 މޭ 2026

Advertisement

މޭ މަހުގެ މުސާރަ 28 އަދި 31 ގައި ޖަމާކުރާނެ: މާލީ ވުޒާރާ

26 މޭ 2026

|

ޝިފްޒާން އަޙްމަދު

ފިނޭންސް މިނިސްޓްރީ

ހިނގަމުންދާ މޭ މަހުގެ މުސާރައާއި އިނާޔަތްތައް މި މަހުގެ 28 ވަނަ ދުވަހާއި 31 ވަނަ ދުވަހު ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް މުސާރަ ޖަމާނުވާތީ މީޑިޔާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މާލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ މުސާރަ ދޫކުރުމުގެ ކަންކަން 28 ވަނަ ދުވަހާއި 31 ވަނަ ދުވަހުގައި ކުރިއަށްގެންދާ ގޮތަށް ތަރުތީބުކުރީ، އަޟްޙާ ޢީދުގެ ބަންދުގެ ތެރޭގައި ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަލައިގެންނެވެ. 

އިތުރަށްް އޮފިޝަލު ފާހަގަކުރެއްވީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާއިރު އަލުން އޮފީސްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 31 މޭ ގައި ކަމަށެވެ. އަދި ބަންދު ދުވަސްތަކުގެ ތެރޭގައި ބޭންކުތައް ހުޅުވައި ހިދުމަތްދޭނީ މޭ މަހުގެ 28 ވަނައަށްވާ ބުރާސްފަތިދުވަހުއެވެ. 

ބަންދު ނިންމުމަށްފަހު ސަރުކާރު އޮފީސްތަ އަލުން ހުޅުވޭނީ މޭ މަހުގެ 31 ވަނަ ދުވަހުއެވެ. އެހެންކަމުން އަޟްޙާ އީދުގެ ބަންދުގައި ބޭންކުތައް ހުޅުވާ މޭ މަހުގެ 28 ވަނަ ދުވަހާއި ބަންދު ނިންމައި ސަރުކާރު އޮފީސްތައް ހުޅުވާ 31 ވަނ ދުވަހުގައި މުސާރައާއި އިނާޔަތްތައް ޖަމާކުރުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖައްސާފައިވެއެވެ. 

"ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،" އޮފިޝަލް މައުލޫމާތު ދެއްވިއެވެ. 

މާލީ ވުޒާރާއިން ބުނެފައިވާ ގޮތުން މުސާރަ ދޫކުރުމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތާވަލުގައި ބަޔާންކުރާ ގޮތަށް ސަރުކާރުން މުސާރައާއި އިނާޔަތް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު