ENGLISH
26 މޭ 2026
ހުޅުމީދޫގައި އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ހިދުމަތް އަލުން ފަށައިފި
26 މޭ 2026
|
ހުޅުމީދޫ ސިއްހީ މަރުކަޒު-- ފޮޓޯ: އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް
އެންމެ މަޤްބޫލު
އައްޑޫ ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަލުން އެކްސްރޭގެ ހިދުމަތާއި ޕިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި އެވެ.
ޞިއްޙީ މަރުކަޒުން ބުނީ ދާއިމީ ގޮތެއްގައި އެ ދެ ހިދުމަތް ވެސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްގައި މިހާރު ދާއިމީ ރޭޑިއޯގްރާފަރެއް ގެނެސް، ރައްޔިތުންގެ އިތުބާރު ހިދުމަތައް ލިބޭނެ ފަދަ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. އެގޮތުން އެ ހިދުމަތް މިހާރު މެދުނުކެޑި ލިބޭނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ. މީގެ އިތުރުން ތަޖުރިބާކާރު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން، އިތުބާރު ހުރި ރިހެބިލިޓޭޝަން އަދި ރިކަވަރީގެ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދެވޭނެ ކަމަށްވެސް ސިއްހީ މަރުކަޒުން ބުނެފައިވެ އެވެ.
އައްޑޫގެ މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫގެ ސިއްހީ މަރުކަޒަކީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑޮކްޓަރުން ވެސް ކޮންމެ ހަފުތާއަކު ޒިޔާރާތްކޮށް، ބަލިމީހުންނަށް ފަރުވާ ދެމުން އަންނަ ތަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ހުޅުމީދޫއަށް ފެބްރުއަރީ 19، 2024 ގައި ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ އެރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށެވެ.