ENGLISH
26 މޭ 2026
އާޚިރަތުގައި ނަޖާވެވޭނެ ހަމައެކަނި ގޮތަކީ މާތްﷲއަށް ތަޤުވާވެރިވުން: ޢަރަފާތުގެ ޚުޠުބާ
26 މޭ 2026
|
ޢަރަފާތުގެ ޚުޠުބާ ޝައިޚް ޢަލީ އަލްޙުޛައިފީ އިއްވަވަނީ
އެންމެ މަޤްބޫލު
އަޅުތަކުންނަަށް އާޚިރަތުގައި ނަޖާވެވޭނެ ހަމައެކަނި މަގަކީ މާތްﷲއަށް ތަޤުވާވެރިވުންކަން ފާހަަގަކުރައްވަމުން ހުރިހާ މުސްލިމުންވެސް ތަޤުވާވެރިވުމަށް މިއަދު ޢަރަފާތުގައި އިއްވެވި ޢަރަފާތުގެ ޚުޠުބާގައި ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީ އިލްތިމާސްކުރައްވައިފިއެވެ.
ޝައިޚުވަނީ ޢަރަފާތު ދުވަހުގެ މަތިވެރިކަން ހިތްމައްޗަށް ގެނައުމާއެކު، ގިނަގިނައިން ދުޢާކުރުމާއެކު، ޛިކުރުކުރުން އިތުރުކޮށް، މާތްﷲގެ ޙަޟްރަތުގައި ތަވާޟުޢުވެރިވުމަށް މުސްލިމުންނަށް ގޮވާލައްވާފައެވެ.
ނަމްރާ މިސްކިތުގައި ޝައިޚް އަލްޙުޛައިފީ ޚުޠުބާ ދެއްވިއިރު، އެ މާތް ބިމުގައި ޙައްޖުވެރިން ޖަމާވެފައި ތިއްބެވެ. ފަތިހުން ފެށިގެން ގިނަ ޢަދަދެއްގެ ޙައްޖުވެރިން އެ ބިމަށް ޖަމާވަމުންދިޔައެވެ. ޚުޠުބާއަށްފަހު، ޖަމްޢުކޮށް ޤަޞްރުކޮށް އަސްރު ނަމާދާއި މެންދުރު ނަމާދު އެކީކޮށްފައިވެއެވެ.
ޝައިޚުގެ ޚުތުބާގައި ޙައްޖުގެ އަޅުކަމުގެ ޝަޢީރާތައް އަދާކުރަންޖެހޭ ގޮތާއި، ހައްޖުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން ޢަރަފާތުގައި ތިބޭއިރު ފާސިދު ފާޖިރު ވާހަކަތައް ދެއްކުމާ ދުރުހެލިވުމަށް އިލްތިމާސްކުރެއްވުމާއެކު ޙައްޖުގައި ސިޔާސީ އަދި ހިޒުބީ ޝިއާރުތަކަަށް ޖާގައެއް ނޯންނާނެކަން ފާހަގަކުރެއްވިއެވެ.
ޝައިޚުވަނީ މުސްލިމުންގެ ޙާލު ރަނގަޅުކުރައްވައި، ޙައްޤު ބަހުގެ މަތީގައި ހުރިހާ މުސްލިމުން އެއްބައިވަންތަކުރެއްވުން އެދިވަޑައިގެން ދުއާކުރައްވާފައެވެ. އަދި ޙައްޖަކީ މުސްލިމުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާ ކަމެއް ކަމުގައި ހެދުމަށް ޝައިޚު އެދިވަޑައިގެންނެވިއެވެ.
އަދި އިސްލާމީ އުންމަތުގެ އެންމެންނަށް ޢަރަފާތް ދުވަހުގެ މާތްކަން ހަނދާންކޮށްދެއްވައި އެ ދުވަހުގައި އެކަކު އަނެކަކަށް ހެޔޮކަން ފޯރުވައި، އަޅުކަން ކުރުމުގައި ޝާމިލުވެ، ޢަރަފާތު ދުވަހުގެ ދަރުަމައާއި ސަވާބު ލިބޭތޯ މަސައްކަތްކުރުމަށް ޝައިޚް އިލްތިމާސްކުރެއްވިއެވެ.