ENGLISH

26 މޭ 2026

Advertisement

"ތަޙާނީ" އަލްބަމަށް 13 އަހަރު، އަލީ ރަމީޒުގެ އައު ޢީދު މަދަހައެއް ނެރެފި

26 މޭ 2026

|

އަޙުމަދު ޙަމީދު

އަލީ ރަމީޒު އައު ޢީދު މަދަހައެއް ނެރުން --

ދިވެހީންގެ މެދުގައި ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ އަލީ ރަމީޒްގެ އައު ޢީދު މަދަޙަ އެއް މިއަދު ނެރެފި އެވެ.

"ޢީދު މުބާރަކު" ނަމުގައި މި ޢީދު މަދަޙަ ނެރެފައިވަނީ "މަންފާ" ގެ ފަރާތުންނެވެ. "މަންފާ" އަކީ ދިވެހީންގެ ދީނީ އަދި އިޖްތިމާޢީ ހޭލުންތެރިކަމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އަދި ދިވެހީންގެ މެދުގައި ވަރަށް މަޤްބޫލު ޖަމިއްޔާ އެކެވެ.

އަލީ ރަމީޒުގެ އައު ޢީދު މަދަޙައެއް މި ނެރުނީ 13 އަހަރުގެ ފަހުންނެވެ. މީގެ 13 އަހަރު ކުރީން އަލީ ވަނީ "ތަޙާނީ" ނަމުގައި ޢީދު މަދަޙަތަކެއް ނެރެފަ އެވެ. އެ މަދަޙަތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. އަދިވެސް ޢީދާ ގުޅިގެން އެންމެ މަޝްހޫރުވަނީ އެ މަދަޙަތަކެވެ.

މި ފަހަރުގެ މަދަޙައިގެ ޅެން ހަދާފައިވަނީ އާދަމް ޙަލީމް އަދުނާން އެވެ. އަލީ ރަމީޒުގެ އިތުރުން މި މަދަޙަ ކިޔުމުގައި ކުޑަކުދީންތަކެއް ވެސް ބައިވެރިވެ އެވެ.

މީގެ ކުރީން އަލީ ރަމީޒު ނެރުނު މަދަޙަތަކަށް ވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެ އެވެ. ޚާއްސަކޮށް ބައެއް މަދަޙަތައް ކުޑަކުދީންގެ މެދުގައި ވަރަށް މަޤުބޫލެވެ. އަލީ ރަމީޒުގެ ބައެއް މަދަޙަތައް ތިން މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު