ENGLISH

19 މޭ 2026

Advertisement

ގެއްލުނު ހަތަރު ޑައިވަރުންގެ ތެރެއިން ދެ ޑައިވަރުންގެ ހަށިގަނޑު ނަގައިފި

19 މޭ 2026

|

އައިމިނަތު ޝަފާ

ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަނީ --

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު ނަގައިފި އެވެ.

މި ހާދިސާގައި ގެއްލިފައިވަނީ 'އެމްވީ ޑޫކް އޮފް ޔޯކް' ކިޔާ ސަފާރީއިން ޑައިވިނަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، ހަތަރު ޑައިވަރުން ނެވެ. އޭގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމީހުން ގެއްލުނު ފުރަތަމަ ދުވަހުވެސް ފެށިއެވެ.  

މި މަސައްކަތް ކުރަމުންދަނިކޮށް މިމަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، ހާލު ދެރަވެ ނިޔާވެފައެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމަށް އަލުން އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ފެށި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކޮށްފައިވެއެވެ.

‏ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށް ގައުމީ ދިފާއީ ބާރުން މައުލޫމާތުދެއެވެ.

ކުރިއަށް ހުރި ޑައިވްތަކުގައި ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު