ENGLISH
19 މޭ 2026
ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ރީޖަން 2 އޭދަފުށީގައި ފަށައިފި
19 މޭ 2026
|
އޭދަފުށީގައި ފެށި ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ރީޖަން 2 ބ. އޭދަފުށީގައި ފަށައިފިއެވެ.
މި ޕުރޮގުރާމު އޭދަފުށީގައި ފަށާފައިވަނީ އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމައުތައް ބާރުވެރިކުރުވުމަށްޓަކައި ސިއްހަތާއި ހަށިހެޔޮކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުން ކުރިއަށް އޮތްތަނުގައި އެ މީހުންގެ އަމިއްލަ ރަށްރަށުގައި މިފަދަ ޕުރޮގުރާމުތައް ހިންގައިގެން، ހެޔޮ ބަދަލު ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭދަފުށީގައި ފެށި ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
60 ބައިވެރިންނާއެކު އޭދަފުށީގައި ފެށި މި ޕުރޮގުރާމުގައި ނ، ރ، ބ އަދި ޅ އަތޮޅުގެ 17 ސްޕޯޓްސް ކައުންސިލަރުންވެސް ހިމެނެއެވެ.
ހަށިހެޔޮރާއްޖެ ޕުރޮގުރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޕޮރުގުރާމެކެވެ. މީގެ ކުރިން މިދިޔަ އަހަރު ފ. ނިލަންދޫގައި ވަނީ މި ޕުރޮގުރާމު 140 ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައެވެ.