ENGLISH
19 މޭ 2026
އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ފީފާއަށް ހުށަހެޅި މައްސަލަ، އެފްއޭއެމްއާ އެއްކޮޅަށް ނިމިއްޖެ
19 މޭ 2026
|
މިދިޔަ މާރިޗް މަހުގައި ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ މެނޭޖްމަންޓުގެ ދައުރުގައި ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމު އަދާކުރި ޕޯލް ތޯމަސް ސްމޯލީ، އެ އެސޯސިއޭޝަނާ ދެކޮޅަށް ހުށަހެޅި މައްސަލަ، ފީފާ ފުޓްބޯލް ޓްރައިބިއުނަލްގެ ޕްލޭޔާސް ސްޓޭޓަސް ޗެމްބަރުން ބެލުމަށްފަހު އެފްއޭއެމްއާ އެއްކޮޅަށް އެ މައްސަލަ ނިމިއްޖެއެވެ.
ސްމޯލީ ހުށަހެޅި މި މައްސަލައިގައި މުސާރައާއި، ޖޫރިމަނާއާއި، އެކި ޚަރަދުތަކުގެ އިތުރުން އިންޓްރެސްޓާއި ޤާނޫނީ ވަކީލުންގެ ޚަރަދުތަކުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޯދުމަށް އެދިފައިވެއެވެ.
މި މައްސަލަ އެފްއޭއެމްއާ އެއްކޮޅަށް ނިމުމަކީ އެ އެސޯސިއޭޝަނަށާއި، ދިވެހި ފުޓްބޯޅައިގެ މަސްލަހަތު ދިގު މުއްދަތަކަށް ރައްކާތެރިކުރުމަށް ލިބުނު މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި އެފްއޭއެމުން ވަނީ ސިފަކޮށްފައެވެ.
އެފްއޭއެމްގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު އެއް ހަމައެއްގައި ހިފެހެއްޓުމަށާއި، ދިވެހި ފުޓްބޯޅައިގެ މުސްތަޤުބަލަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި، އެ އެސޯސިއޭޝަންގެ ދެމިއޮތުން ކަށަވަރުކުރުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައްތައް ކަމުގައިވެސް އެފްއޭއެމްގެ ނޫސް ބަޔާނުގައިވެއެވެ.