ENGLISH

19 މޭ 2026

Advertisement

ހޮހަޅައަށް ގެއްލުނު ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި

19 މޭ 2026

|

ޝިފްޒާން އަޙްމަދު

ވ.އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ފީނައިގެން ވަން އިޓަލީވިލާތުގެ ފަސް ފަތުރުވެރިންގެ ތެރެއިިން ހަށިގަނޑު ފެނިފައިނުވާ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ. 

މި ފަތުރުވެރިން ގެއްލުނީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ފަސް މީހުން ގެއްލުމާ ގުޅިގެން ހަމަ އެ ދުވަހު ސިފައިންގެ ހިދުމަތުން އެމީހުން ހޯދުމަށް ހައި ރިސްކު އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ހޯދުނެވެ. 

އޭގެ ފަހުން މެދުކެނޑުމެއް ނެތި އެމީހުންގެ ހަށިގަނޑު ހޯދުމަށް ސިފައިންނާއި މެރިން ފުލުހުން ގުޅިގެން މަސައްކަތްކުރަމުންދަނިކޮށް އެ މަސައްކަތުގައި ޝާމިލުވި ދިވެހި ސިފައިންގެ ޑައިވަރެއް ނިޔާވެފައިވެއެވެ. 

އިޓަލީވިލާތުގެ އެހީގައި ރާއްޖެއަށް ފިންލޭންޑުގެ ތަޖުރިބާކާރުންގެ ޓީމަކުން ގެއްލުނު މީހުންގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވެ އިއްޔެ ހޮހަޅައިގެ ތެރެއަށް ފީނިއެވެ. އެމީހުންވަނީ އެ ހޮހަޅައިގެ ތިންވަނަ ސެގްމެންޓުގެ ތެރެއިން އެ ހަތަރު މީހުންގެ ހަށިގަނޑު ހޯދާފައެވެ. 

އަދި މިއަދު ފިންލޭންޑުގެ ތަޖުރިބާކާރުންގެ ޓީމުން ފީނައިގެން މަސައްކަތްކުރީ ހޮހަޅައިގެ ތެރޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ހޯދައި، ފެނުން މައްޗަށް ނެގުމަށެވެ. އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި ދެ މީހެއްގެ ހަށިގަނޑު މިހާރު އެ ހޮހަޅައިން ނެރެ ފެންމައްޗަށް އަރުވައިފައިވާކަން "އެމްއެމްޓީވީ" އަށް ކަށަވަރުވެފައިވެއެވެ. 

(އިތުރު ތަފުސީލު އަންނަނީ) 

ކިޔުންތެރިންގެ ހިޔާލު