ENGLISH

14 މޭ 2026

Advertisement

އެކްސިޑެންޓުގައި ނިޔާވީ 50 އަހަރުގެ އިންޑިއާ ރައްޔިތެއް

14 މޭ 2026

|

ޢަލީ ޝަހީމް

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މަންޒަރެއް. ނިޔާވީ 50 އަހަރުގެ އިންޑިއާ ރައްޔިތެއް.

ސައިކަލެއް ކަހާލައިގެން ރޭ ހިނގި ނުރައްކާތެރި ހާދިސާގައި ނިޔާވީ އިންޑިއާގެ 50 އަހަރުގެ ރައްޔިތެއްކަން އެނގިއްޖެ އެވެ. 

ސިނަމާލެ ބްރިޖު ހައިވޭގައި ރޭ އެކްސިނޑެންޓް ހިނގީ 10:12 ހާއިރު އެވެ. ހާދިސާގައި ނިޔާވީ އިންޑިއާއަށް ނިސްބަތްވާ ދެވާ ރަޖަން ޔެސޫ އެވެ. 

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އިންޑިއާގެ މީހާ މަސައްކަތްކުރީ އައިލެންޑް އޭވިއޭޝަންގެ ޑްރައިވަރެއްގެ މަގާމުގަ އެވެ. އެކްސިޑެންޓް ހިނގީ، އޭނާ ޑިއުޓީ ނިންމުމަށް ފަހު އެއާޕޯޓުން މާލެއަށް ދަނިކޮށެވެ. 

ކިޔުންތެރިންގެ ހިޔާލު