ENGLISH
14 މޭ 2026
ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފި
14 މޭ 2026
|
އެންމެ މަޤްބޫލު
މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު މެންދުރު އާއްމުކުރި މަޢުލޫމާތުގައި ބުނީ، މިއަދު މެންދުރު ފަހު 2 އިން އިރުއޮއްސި 6 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރީނދޫ ސަމާލު ނެރެފައިވާއިރު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
ދެކުނުގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު މިއަދު ހަތަރަކާ ހަމައަށް ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައިވެއެވެ. އަދި، ކ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކާއި އެއްގަމު ދަތުރުފަތުރުގައި ވެސް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.