ENGLISH
14 މޭ 2026
ފުލުހުންނާއި ކުރިމަތިލައި ހިނގި ހަމަނުޖެހުމުގައި ފުލުހެއްގެ ލޯމަތި ފަޅާލައިފި
14 މޭ 2026
|
ފުލުސް މީހާއަށް އަނިޔާވެފައި --
އެންމެ މަޤްބޫލު
އިިދިކޮޅު ޕާޓީތަކުން ރޭ ކުރި މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލައި ހިނގި ހަމަނުޖެހުމުގައި ފުލުހެއްގެ ލޯމަތި ފަޅާލައިފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޮލުމަތި ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. އަދި އަނިޔާވި ފުލުހަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުސް މީހާގެ ލޯމަތި ފަޅާލުމުން ގިނަ އަދަދަކަށް ލޭ ފައިބާފައިވެ އެވެ.
އެމްޑީޕީއާ ޕީއެންއެފް ގުޅިގެން ރޭ މާލޭގައި މުޒާހަރާ ކޮށްފައިވާއިރު އެ ދެ ޕާޓީން ވަކީން މުޒާހަރާ ކުރާތާ އެތަައް ރެއެއް ވެއްޖެ އެވެ. މަދު އަދަދެއްގެ ބަޔަކު ބައިވެރިވާ އެ މުޒާހަރާތަކުގައި ހުތުރު ބަސްމަގު ބޭނުންކޮށް އަޑުގަދަ ކުރާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.