ENGLISH
14 މޭ 2026
ރައީސް ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސްގެ ޚާއްސަ ޖަލްސާއެއް މިރޭ
14 މޭ 2026
|
ކޮންގްރެސް ޕާޓީން އެންމެ ފަހުން ބޭއްވި ބިޔަ ޖަލްސާ -- ފައިލް ފޮޓޯ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސާ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފި އެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޖަލްސާއެއް މިރޭ އެ ޕާޓީގެ ހަރުގެ ހ. ވެޔޮވިލާގައި އޮންނާނެ ކަމަށެވެ. ވީހާވެސް ގިނަ މެންބަރުން މިރޭ 8:30 އަށް ހަރުގެއަށް ދިއުމަށް ވަނީ އެދިފަ އެވެ.
ރޭވިގެން އިންތިޒާމީ ގޮތެއްގައި ހަމައެކަނި ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ ކޮންމެ ހަފްތާއަކުހެން ހަރުގެ ޖަލްސާތައް ބާއްވަމުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި އެ ޕާޓީއަށް ލިބޭ ކާމިޔާބީ ފާހަގަ ކުރުމަށްވެސް ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުންނެވެ.
75,000 ވުރެ ގިނަ މެންބަރުން ހިމެނޭ ކޮންގްރެސް ޕާޓީގެ ޤައުމީ ޖަލްސާއަށް ވަގުތު ކުޑަތަންވަމުންދާއިރު ކުރިއަށްއޮތާވެސް ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅޭނެ ކަމަށް ބެލެވެ އެވެ.