ENGLISH

14 މޭ 2026

Advertisement

ބީއެމްއެލް އިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އޭއައިސީބީއާ ގުޅިގެން ފަށައިފި

14 މޭ 2026

|

ފާތުމަތު އަދާ

"ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ތެރެއިން. /ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޮލްޑިވްސް އިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އެއް އޭއައިސީބީއާ ގުޅިގެން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭއައިސީބީ) އާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ބީއެމްއިލް އިން ފާހަގަކުރިއެވެ.

ބީއެމްއެލް އިން ހާމަކުރިގޮތުގައި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެ އެވެ.

މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ.

"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ އަޅުގަނޑުމެންގެ މުވައްޒަފުން މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް،" ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސީއީއޯ ފާހަގަކުރެއްވީ މި ޕްރޮގަރާމުގެ ސަބަބުން ލިބޭ އިލްމާއި ތަޖުރިބާއަކީ އަމިއްލަ ކުރިއެރުމަށް ވެސް އެޅޭ ފިޔަވަޅެއް ކަމަށާއި، މި ޕްރޮގްރާމަކީ ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު