ENGLISH
21 ޖުލައި 2026
"ވިޔަފާރިތަކުން ލިބޭ ޑޮލަރު ބޭންކުގައި ބަހައްޓައިގެން އާންމުންނަށް ލިބޭނެ މަގުފަހިކޮށްދެއްވީ ރައީސް މުއިއްޒު"
21 ޖުލައި 2026
|
ކުރީގެ މެމްބަރު ޖާބިރު އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ..
އެންމެ މަޤްބޫލު
ވިޔަފާރިތަކުން ލިބޭ ޑޮލަރު ބޭންކުގައި ބަހައްޓައިގެން އާންމުންނަށް ލިބޭނެ މަގުފަހިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޑޮލަރު ލިބުމުގެ ދަތިކަމާއި، ޑޮލަރު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދެއްވުމާއި ޑޮލަރުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި މި ރޮނގުން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވައި އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ޑޮލަރުގެ މައްސަލަ ހައްލުކުރަން ނިންމަންޖެހުނީ ވަރަށް ދަތި އުނދަގޫ ނިންމުމެއްކަމަށެވެ.
"މިސާލަކަށް ޑޮލަރުން ލިބޭ ފައިސާއިން ކޮންމެވެސް ޕަސެންޓެއް ބޭންކުގައި ބަހައްޓަން، އެކަމަށް ހަދަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަކުރީ، އެއީ ފަސޭހަކަމެއް ނޫން، ފަތުރުވެރިކަމުގެ ސިނާއަތުގައި ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ލިބޭ ފައިސާއިން ކޮންމެވެސް ޕަސެންޓެއް ބުކް ކޮށްގެން ބޭންކުގައި ބަހައްޓައިގެން އެ ޑޮލަރު ރައްޔިތުންނަށް ލިބޭނެގޮތް ހަދައިދީގެން އެ ޒިންމާ އުފުލީ ރައީސް މުއިއްޒު އެއީ ވަރަށް ބޮޑު ކާމިޔާބީއަކަށްވޭ،" ޖާބިރު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުވާނީ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެ ގެނެވިގެންކަމަށާއި މި ސަރުކާރުގެ އިސްނެންގެވުމާއެކު ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢު، ޕްރޮޖެކްޓް އައިލާ އަކީ ރާއްޖެއަށް ޑޮލަރު ވައްދާދޭނެ މަޝްރޫއެއްކަމަށް ޖާބިރު ވިދާޅުވިއެވެ. ޕްރޮޖެކްޓް އައިލާ އަކީ ނ. އަތޮޅުގެ ދެކެނަންފަރާއި ދިގުފަރުގެ އިތުރުން ކުރަމާދޫ ގައި ކުރިއަށްގެންދާ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވެއްދުމަށް ލާޒިމުކުރެއެވެ. މިއީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށާއި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އަމާޒު ހިއްޕަވާފައިވާ އިސްތިރާޖީ ފިޔަވަޅެކެވެ.