ENGLISH
14 މޭ 2026
ވަޒީރު އިރުތިޝާމްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު: މުހިންމު މަޝްވަރާތަކެއް ކުރެވުނު
14 މޭ 2026
|
މިނިސްޓަރު އިރުތިޝާމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރާއި ބައްދަލު ކުރައްވަނީ --
އެންމެ މަޤްބޫލު
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު އިރުތިޝާމްގެ މި ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރާއި ވަނީ ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި އެވެ.
އަދި އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ޕިޔުޝް ގޮޔާލް އާވެސް މިނިސްޓަރު ބައްދަލު ކުރެއްވި އެވެ. ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން، އިންޑިއާގެ މީޑިއާއަށް ބަސްދީގަތުމެއް ދެއްވައި، ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގާތްގުޅުމަށް މިނިސްޓަރ އިރުތިޝާމް އާދަމް އަލިއަޅުއްވާލެއްވެވިއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކަމަނާ މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ ފާތިމަތު ލިޔުޝާ ބައިވެރިވެރިވެވަޑައިގެންނެވި އެވެ.