ENGLISH

14 މޭ 2026

Advertisement

ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު މުރަކަ އިންދިމުގެ ހަރަކާތް "ދޫނިޔަރ ރެކް" ސަރަހައްދުގައި ކުރިއަށް ގެންގޮސްފި

14 މޭ 2026

|

އާމިނަތު ނުޒްލާ

"ދޫނިޔާ ރެކް" ގައި މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މުރަކަ އިންދުމުގެ ހަރަކާތް ކުޑަގިރި ފަޅުގައި އޮންނަ " ދޫނިޔަރ ރެކް" ސަރަހައްދުގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޕީއެސްއެމް އިން ބޭއްވި "އޭޝިއާ މީޑިއާ ސަމިޓް 2026" ގެ ބައިވެރިންނަށް އަމާޒުކޮށްގެންނެވެ. މި ސަމިޓްގައި 40 ގައުމަކުން 300 އެއްހާ ބައިނަލްއަގްވާމީ މީޑިއާ މަންދޫބުން ބައިވެރިވެފައިވެ އެވެ.

މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން، ހާއްސަ ފްރޭމް އިންދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

" ދޫނިޔަރ ރެކް" މަޝްރޫއަކީ ވިވިޓް މޯލްޑިވްސް އާއި އެޗްޑީސީން އިސްނަގާގެން "އިޢާދަކުރަނިވި ފަތުރުވެރިކަން" ކުރިއެރުވުމަށް ކުރާ މަސައްކަތެކެވެ. މި މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރު އެވެ. އެގޮތުން މިދިޔަ އަހަރު ކަނޑުގެ އަޑީގައި އޮތް ދެ މަތިންދާބޯޓު ވަނީ މަސްނޫއީފަރެއްގެ ގޮތުގައި އާލާކޮށް ، ދިގު މުއްދަތަކަށް ކުރިއަށްގެންދާ މުރަކަ އިންދުމުގެ ނިޒާމާއެކު ތަރައްޤީކޮށްފަ އެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ، މި މަސައްކަތަކީ ތިމާވެށި އާލާކުރުމާއި، ފަތުރުވެރިންނަށް އާ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސަރަހައްދެއްކަމަށެވެ.

މިއަދު ކުރިއަށްގެންދިޔަ މުރަކަ އިންދުމުގެ ހަރަކާތުގައި ހާއްސަ ފްރޭމްތަކެއްގައި މުރަކަ އިންދުމުގެ އަމަލީ މަސައްކަތުގައި މަންދޫބުން ބައިވެރިވެފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެ އެވެ. މި ފްރޭމްތައް "ދޫނިޔަރ ރެކް" ސަރަހައްދުގައި އިންދާފައިވާ އިރު، އެ ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ކަނޑު އަޑީގެ ބަނދަރެއްގެ ފަރުމާއަށް ކަމަށް ވީއެމްސީ އިން ބުންޏެވެ.

މުރަކަ އިންދިމުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުރަކަ ގެންގުޅޭނެ ގޮތާއި، އިންދާނެ ގޮތުގެ އިރުޝާދާއެކު ސައިންޓިފިކް އުސޫލުތަކުގެ މަތިންކަމަށްވެސް ވީއެމްސީން ބުނެފައިވެ އެވެ.

"ދޫނިޔާ ރެކް" ގައި މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ވިޒިޓް މޯލްޑިވްސް އިން އިތުރަށް ބުނީ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ މުރަކަ އާލާކޮށް ދިރުވުމުގެ އިތުރުން ، ކަނޑުތަކަށް ދިރުންތަކަށް ބޭނުންވާ ރައްކާތެރި މާހައުލެއް ބިނާކޮށް ޑައިވްކުރާ ފަރާތްތަކަށް މުއްސަދި ތަޖްރިބާއެއް ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ތިމާވެށްޓާ އަހުލުވެރި "އީކޯ ފްރެންޑްލީ" ފަތުރުވެރިކަމަށް ރާއްޖެ ކުރާ ދަތުރަށް އިތުރުވެގެން ދިޔަ ބޮޅެއްގެ ގޮތުގައި ވީއެމްސީ ސިފަކޮށްފައިވެ އެވެ.

ބައިނަލްއަގްވާނީ މީޑިއާތަކުގެ އެހީގައި ކުރިއަށް ގެންދެވުނު މިހަރަކާތުން ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށްވެސް ވީއެމްސީ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު