ENGLISH
14 މޭ 2026
ދ. މީދޫ ރައީސް ހޮވުމުގެ ވޯޓް: ކޮންގްރެސްގެ ސުހާއާ އެއްކޮޅަށް މައްސަލަ ނިންމައިފި
14 މޭ 2026
|
ކޮންގްރެސްގެ ކެންޑިޑޭޓް ސުހާ، ފަސްޓްލޭޑީއާއެކު --
އެންމެ މަޤްބޫލު
ދ. މީދޫ ކައުންސިލް ރައީސް އިންތިޚާބު ކުުރުމުގެ ވޯޓާއި ގުޅިގެން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުހާ އިބްރާހިމްއާ އެއްކޮޅަށް ނިމިއްޖެ އެވެ.
މިއީ އޭޕްރީލް މަހު އޮތް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި ވޯޓެވެ. މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރީ އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެވެ. އިންތިޚާބުގެ ފުރަތަމަ ނަތީޖާއިން ކުރި ހޯދީ ސުހާ އެވެ. އެއީ 393 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ.
ނަމަވެސް އިތުރު ވޯޓެއް ލާފައިވާ ކަމަށް ބުނެ އެމްޑީއޭއިން މައްސަލަ ހުށައެޅުމުން ކޮމިޝަނުން އަލުން ވޯޓް ގުނާ ސުހާއަށް ލިބުނު އެއް ވޯޓް ބާތިލު ކަަމަށް ކަނޑައެޅި އެވެ. އަދި އަލުން ވޯޓް ގުނާ 392 ވޯޓުން އިންތިޚާބު ކާމިޔާބޫ ކުރީ ޝާހިދު ކަމަށް އިއުލާނު ކުރި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށައެޅީ ސުހާގެ ފަރާތުންނެވެ. އެ ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމީ ބާތިލު ކަމަށް ކަނޑައެޅި ވޯޓް ސައްހަ ކަމަށެވެ. އެހެން ކަމުން ދެ ކެންޑިޑޭޓުންނަށް ވެސް މިހާރު ލިބިފައިވަނީ 392 ވޯޓެވެ.
ހައިކޯޓުން ވަނީ ވޯޓްގެ ނަތީޖާ އަލުން އިއުލާނު ކުރުމަށް ކޮމިޝަނަށް އަމުރުކޮށްފަ އެވެ. އެއާއެކު ދެން ޖެހޭނީ އަލުން އެ ދާއިރާގައި ވޯޓް ނެގުން ކުރިއަށް ގެންދާށެވެ.
ނަމަވެސް ކޮމިޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.