ENGLISH

14 މޭ 2026

Advertisement

ފުލުހުންގެ އޮޕަރޭޝަނެއްގައި 18 ކޭސް ދުންފަތާއި 75 ކާޓޫން ސިނގިރޭޓް އަތުލައިގެންފި

14 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސިގިރޭޓް - ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 18 ކޭސް ދުންފަތާއި 75 ކާޓޫން ސިނގިރޭޓް އަތުލައިގެންފިއެވެ.

ފުލުހުން ބުނި ގޮތުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.

އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭގައި މާލެއާއި ހުޅުމާލޭގައެވެ.

މި އޮޕަރޭޝަންގައި، ގަލޮޅުން ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ބަލައިފާސްކުރި ވޭން ވަނީ ޓޯކޮށްފައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު