ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އެފްޑީސީގެ 4،000 ފްލެޓުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަނީ މާ ފުރިހަމަކޮށް: ހަމްދާން

30 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް، އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި.

މިދިޔަ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރި 4,000 ހައުސިންގ ޔުނިޓުގެ  ކޮންޓްރެކްޓަރުން މަސައްކަތްކުރާނެ ސްޕީޑެއްގައި ކުރުމަށް ދޫކޮށްލާފައި އޮތް އޮތުމާ ޚިލާފަށް މި ސަރުކާރުގައި އެ މަސައްކަތްތައް ކުރަމުންދަނީ މާ ފުރިހަމައަށް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އެފްޑީސީގެ އެމްޑީ ވިދާޅުވީ، އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގައި އޭރު މަސައްކަތް ކުރަމުންދިޔަ ގޮތާއި މިހާރު މަސައްކަތް ކުރަމުންދާ ގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، މިދިޔަ ސަރުކާރުގެ 22 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތަށްވުރެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމްޑީ ހަމްދާން ވިދާޅުވިއެވެ.

"މިދިޔަ ދައުރުގެ ޖުމްލަ 22 މަސް ދުވަސް މަސައްކަތް ކުރެވިގެންދިޔައިރު އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި ޕްރޮޖެކްޓްގެ އެންމެ 38 ޕަސެންޓް މަސައްކަތް ކުރެވިފައިވާތަން. އެއާ ޚިލާފަށް މިދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ވަނީ އިތުރު 47 ޕަސެންޓް މަސައްކަތްކޮށްފައި." އެމްޑީ ހަމްދާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުން 22 މަސް ދުވަހުން އެޅުނީ 216 ޝީޓް ކަމަށާއި، މި ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 231 ޝީޓް އަޅާފައިވާ ކަމަށެވެ. އަދި، އެއީ މިދިޔަ ސަރުކާރުން 22 މަސްދުވަހުގެ ތެރޭގައި ނުކުރެވުނު މަސައްކަތެއް ކަމަށް ވެސް ހަމްދާން ފާހަގަކުރެއްވިއެވެ.

"މީ ދޫނުކުރެވޭނެ ޙަޤީޤަތެއް." އެމްޑީ ހަމްދާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު