ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އައްޑޫ ފަސް ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި

30 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ފުރާޅެއް މަރާމާތުކުރުމުގެ މަސައްކަތުގައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫގެ 5 ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ، ސިފައިން އެހީތެރިކަން ފޯރުކޮށްދީފއެވެ. 

އެއީ އައްޑޫ ސިޓީ މަރަދޫގެ ގެއަކާއި މަރަދޫފޭދޫގެ ގެއެއްގެ އިތުރުން ފޭދޫގެ ދެ ގެއަކާއި ހުޅުދޫގެ ގެއެއް ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ 5 ގޭގެ ފުރާޅު އެެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގައި އައްޑޫގެ އެކި ރަށްރަށުން 17 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ. 

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅުގަނޑަކާއި ރާއްޖޭގެ ދުރުން ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ.

އެ ކޮޅިގަނޑުގައި ބުދަ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނެފައިވެ އެވެ.

މިއަދު އިރުއޮއްސި 6:30 ޖެހުމާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު