ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސް މުޢިއްޒުއާ ބެހޭ ގޮތުން "ޢަދަދު" ނޫހުން ދޮގު ޚަބަރެއް ފެތުރުމަށް ފަހު އެ ޚަބަރު ޑިލީޓްކޮށް މަޢާފަށް އެދިއްޖެ

30 ނޮވެމްބަރު 2024

|

އެމް އެމް ޓީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބެހޭ ގޮތުން "ޢަދަދު" ނޫހުން ބުހުތާން ދޮގު ޚަބަރެއް ފެތުރުމަށް ފަހު އެ ޚަބަރު ޑިލީޓްކޮށް އެންމެ ފަހުން އާއްމު ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.

ރައީސްގެ ދަތުރުފުޅުތަކާ ބެހޭ ގޮތުން ދޮގު ފެތުރުމަށް ފަހު އެންމެ ފަހުން އެ ނޫހުން ވަނީ އެ ޚަބަރު ޑިލީޓްކޮށްފައެވެ. އަދި އެކްސް އާއި ފޭސްބުކް މެދުވެރިކޮށް ވަނީ އެއީ ދޮގު ޚަބަރެއް ކަމަށް އެ ނޫހުން އިޢުތިރާފްވެ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދިފައެވެ. 

"އަދަދު" ނޫހަކީ މި ގޮތަށް ދޮގު ޚަބަރު ފަތުރަމުން އެކި މީހުންގެ އަބުރަށް އަރައިގަންނަމުންދާ ނޫހެއް ކަަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. ބެލެވޭ ގޮތުގައި ރައީސްގެ ޚަބަރު ޑިލީޓްކުރީ ވެސް އެ ޚަބަރާ ގުޅިގެން އާއްމު ރައްޔިތުން ފާޑުކިޔައި މި ޒާތުގެ ދޮގު ޚަބަރު ފަތުރާ މީޑިއާތަކަށް ރައްޔިތުން ސަމާލުވާން ފެށުމުންނެވެ. 

ކުށެއްގެ އިސްލާހު ކަމަށް ބުނެ "އަދަދު" ނޫހުން މައާފަށް އެެދި ކުރި ޕޯސްޓަށް ކޮމެންޓް ކުރި މުހައްމަދު ޢާރިފް ކިޔާ މީހަކު ބުނީ މިނިވަން ނޫސްވެރިކަމަކީ ދޮގު ހެދުން ނޫން ކަމަށާއި ދޮގުން މުޖުތަމަޢު ފަސާދަ ކުރުމެއް ވެސް ނޫން ކަމަށެވެ. 

ދޮގު ޚަބަރު ފެތުރުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ޢަމަލެކެވެ. އަދި އަބުރަށް އަރައިގަތުމާއި ދޮގު ވާހަކަތައް ފަތުރައި، ފަސާދަ އުފެއްދުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު