ENGLISH

05 ޖުލައި 2025

Advertisement

ގައުމީ ފެންވަރުގައި ރައްޔިތުންނާ މެދު ވިސްނަވާ ހަަމައެކަނި ވެރިއަކީ ރައީސް މުޢިއްޒު: މެންބަރު މުހައްމަދު

30 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ވާހަކަ ދައްކަވަނީ.

ގައުމީ ފެންވަރެއްގައި ރައްޔިތުންނާ މެދު ވިސްނަވައި ރައްޔިތުންގެ ހާލަތަށް ރިއާޔަތް ކުރައްވައި ގައުމު ރަނގަޅުކުރުމަށް އެ ވިސްނުމުގައި މަސައްކުރައްވާތަން ފެންނަ ހަމައެކަނި ވެރިއަކީ ރައީސްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މެންބަރު މުހައްމަދު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި އަމިއްލަ ބޭނުންފުޅުތައް އެއްކިބާ ކުރެއްވުމަށް ފަހު މަސައްކަތް ކުރެއްވުމެވެ.

އެކަން ހާމަވެގެންދަނީ، މި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ދައުލަތަށް ހޯދަންޖެހޭ ފައިސާ ގާނޫނުގެ ތެރެއިން ހޯއްދެވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުން ކަމަށާއި، ދައުލަތުގެ ޚިޔާނާތްތެރިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ސައްޙަ އަދަބު ވެސް ދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރަށް ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކުރުމުގެ ބާރު އޮތް ކަމަށާއި ނަމަވެސް އެބޭފުޅުންގެ ވިސްނުން ހުރީ ގައުމުގެ މަސްލަހަތާއި ލާބައަށްވުރެ ބޮޑަށް އަމިއްލަ ފައިދާއަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރަައީސް މުޢިއްޒު، މެންބަރު މުހައްމަދު އިސްމާއިލްއާ ސަލާމް ކުރައްވަނީ.

"ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ އެބޭފުޅުން މުޅި ގައުމުގެ މަސްލަހަތަށް ކޮށްދިން ކަމެއް ނެތް. އަދި މި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، މުޅިން ވެސް ހުރީ ގާނޫނާއި ޤަވާއިދާ ޚިލާފަށް ބޮޑެތި ޖަރީމާތައް ހިންގާފައި،" މެންބަރު މުހައްމަދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ މިދިޔަ ފަސް އަހަރެއްގެ ވެރިކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮވެގެން ނޫނީ ނުކުރެވޭ އެތައް ކަމެއް އެ ވެރިކަމުގެ ތެރޭ ކޮށްފަ ހުރިތަން،" މެމްބަރު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ރައްޔިތުންގެ ރުހުން ނެތި ފައިސާ ޗާޕުކުރި ކުރުން މެންބަރު ފާހަގަކުރެއްވިއެވެ. 

މިފަދަ ސަބަބުތަކާ ހުރެ މުޅި ދައުލަތް ފުނޑު ފުނޑުވެފައި އޮއްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ކުރައްވަމުން މި ގެންދަވާ މަސައްކަތަކީ ރައްޔިތުންނަށް ޓަކައި އަމިއްލަ ވެރިކަން ދިފާއުކުރުމުގެ އެއްވެސް ވިސްނުމެއް ނެތި ކުރައްވާ މަސައްކަތެއް ކަމަށް މުހައްމަދު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތުމުން ދިވެހި ރައްޔިތުން އެކަމަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ވެސް މުޙައްމަދު ވިދާޅުވި އެވެ. 

"ރައްޔިތުންނަށް ގައުމަށް ފައިދާ ހުރި ކަންކަން ކުރަން ލިބުނު ވަގުތު އެބޭފުޅުން ބެލީކީ އެބޭފުޅުން ގައުމަކަށް ނޫން، އެބޭފުޅުންނާ އެބޭފުޅުންނަށް އަނެއް ދައުރެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ،" މެމްބަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު