ENGLISH

06 ނޮވެމްބަރު 2025

Advertisement

"ވަރަ" އެކްސްޕޯ ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި

06 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ވަރަ އެކްސްޕޯ ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިދެއްވުން --

"ވަރަ" އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި އެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ އަކީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި އެކްސްޕޯ އެކެވެ. 

އެކްސްޕޯ ހުޅުވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކްސްޕޯގައިވާ ސްޓޯލްތައް ބައްލަވާލައްވާފަ އެވެ. އަދި ދިވެހީންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު އެކަމަނާ އޮޅުންފިލުއްވި އެެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި 1،000އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ އެވެ. އަދި 500 އަށް ވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

"ވަރަ" އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ކާމިޔާބީތަކާއި އުސްއަލިތައް ހިމެނޭ ޚާއްސަ ފޮތެއް ވަނީ ލޯންޗުކޮށްފަ އެވެ. އެ ފޮތް ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މި އެކްސްޕޯއަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތް ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އެދެ އެވެ.

ކިޔުންތެރިންގެ ހިޔާލު