ENGLISH

25 މޭ 2026

Advertisement

ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދު ކުރައްވާނީ މި ޚަތީބުން

25 މޭ 2026

|

އަޙުމަދު ޙަމީދު

ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދު ކުރައްވާނީ މި ޚަތީބުން

ކުރިއަށް އޮތް އަލްޙާ އީދު ދުވަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނެ ޚަތީބުންގެ މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

މާލޭ ސަރަހައްދުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ނަމާދުކުރުމަށް ހަމަޖައްސާފައިވަނީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގަ އެވެ. 

މާލެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިހް އަބްދުالله ސަޢުދާނެވެ. ވިލިމާލެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އަލްޤާރީ އަހްމަދު ރިޔާޟް އެވެ. ހުޅުމާލެ ފޭސް އެކެއްގެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް ނަޞްރުالله ޢަލީ އެވެ. ފޭސް ދޭއްގެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ ޒުވާން ޚަތީބު އަލްހާފިޡް މުޙައްމަދު ޙަނޫން ހުސައިންނެވެ.

އިސްލާމީ މަރުކަަޒުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާނީ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފެވެ. މަސްޖިދު މަލިކު ސަލްމާންގެ އިމާމަކީ އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން އެވެ.

މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލްވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދުކުރެއެވެ. 

ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.  

ކިޔުންތެރިންގެ ހިޔާލު