ENGLISH

25 މޭ 2026

Advertisement

"ޢީދު ހަވީރު 1447" - އެމްއޭސީއެލުން ބައިވެރިވާނެ

25 މޭ 2026

|

އަޙުމަދު ޙަމީދު

އެމްއެންޑީއެފްގެ އީދު ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ބައިވެެރިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލުގައި އެ ކުންފުނީގެ ސްޓޯލްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ މި ހަރާކާތުގައި ކޯޑީއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ދާނެއެވެ.މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތަށް މަތިން ހަރަކާތްތެރި ވަމުންދާނެ އެވެ.

މި ކުންފުނީގެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުންޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީ ގެ) އަކާއި ރެކިން ބޯލް، ވައިޕް އައުޓްއިންފްލެޓަބަލް، ބަބުލް ހައުސް ފަދަ ޢައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެ އެވެ. މިއާއެކު ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓްއަދި ފޭސް ޕެއިންޓިންގ ކޯނަރތައް ވެސް މި ސްޓޯލްގައި ޤާއިމްކުރެވިފައި ހުންނާނެ އެވެ.

އެމްއޭސީއެލްގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިގެން، ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައި ބެހެއްޓިފައި ހުންނާނެ އެވެ. މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. 

އަޟްޙާ ޢީދުގެ އުފާވެރި އަދި ޢާއިލީ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެމްއޭސީއެލްގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް ވަނީ އަރުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު