ENGLISH
25 މޭ 2026
އީދު ދުވަހާ ގުޅިގެން އެމްޕީއެލްގެ ހިދުމަތްތައް ދެދުވަހަށް މެދުކަނޑާލަނީ
25 މޭ 2026
|
އެމްޕީއެލް ސަރަހައްދު
އެންމެ މަޤްބޫލު
މިއަހަރުގެ އަޟްހާ އީދު ދުވަހާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ދިނުމުގައި ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޕީއެލް އިން ނެރުނު އިއުލާނުގައި ވާގޮތުން، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ހައްޖު ދުވަހާއި، އަޟްހާ އީދު ދުވަހާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުން ދެމުންގެންދާ ހިދުމަތްތައް، ހައްޖު ދުވަހާއި އީދު ދުވަހަށްވާ، 26 މެއި އަދި 27 މެއި، ދެދުވަހު ވަގުތީ ގޮތުން މެދުކަނޑައިލާނެއެވެ.
އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށަނީ 28 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 07:30 އިން ފެށިގެން ކަމަށް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.
އެމްޕީއެލް އިން ވަނީ، ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ތިޔަ އެންމެހާ ފަރާތްތަކަށް އަރިސްކޮށްފައެވެ.