ENGLISH

25 މޭ 2026

Advertisement

ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން، އެއީ އެއްބައިވަންތަ ދުޅަހެޔޮ މުޖުތަމައަކަށް މަގުފަހިކޮށްދޭ ވަސީލަތެއް: ފަސްޓްލޭޑީ

25 މޭ 2026

|

މުޙައްމަދު އަދުހަމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ މުޖުތަމަޢުގެ ތަފާތު އުމުރުފުރާތަކުގެ އެކި ފަންތީގެ މީހުން އެއްބައިވަންތަކޮށްދީ، އެކުވެރިކަން އާލަކޮށް، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅަ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި އެކަމަނާ ވަނީ، ފުޓްބޯޅައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިތްތަކާ ނުހަނު ބޮޑަށް ގުޅިފައިވާ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އަދި ހަމައެއާއެކު، ފުޓްބޯޅައިގެ ތެރެއިން ރިވެތި އަޚްލާޤާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް ދަސްކޮށްދިނުމުގެ އިތުރުން، ޤަވާއިދާއި އުސޫލުތަކަށް ތަބާވެ، އެކަމުގެ މުހިއްމުކަން ދަސްކޮށްދިނުން ފަދަ މުހިންމު ސިފަތައް ދަސްކޮށްދޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ކުޅުންތެރިން ބިނާކޮށްދޭ ކަމެއް ނޫން. މިއީ ޒިންމާދާރުކަމާއެކު ހަމަހަމަކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ބިނާކުރުމަށް އެހީތެރިވެދޭ ކަމެއް،" އެކަމަނާ ވިދާޅުވިއެވެ.

ފުޓްބޯޅައިގެ ދުވަހުގައި ކުރެވޭ އެންމެ ބޮޑު އުއްމީދަކީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ޒަރީއާއިން މުޖުތަމަޢުގައި ސުލްހަވެރިކަން ޤާއިމުކޮށް، ގުޅުންތައް ބަދަހިކޮށް، ޤައުމުގެ ޒުވާނުންނަކީ ބޮޑެތި ކާމިޔާބީތަކަށް އުންމީދުކުރާ ބަޔަކަށްވުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި މީގެއިތުރުން، މި ކުޅިވަރުގެ ސަބަބުން ހުރިހާ އެންމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފާގަތި މުސްތަޤުބަލެއް ބިނާވެގެން ދިއުމަށް އެދޭ ކަމަށް ވެސް އެކަމަނާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު