ENGLISH

25 މޭ 2026

Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން މީހަކު ހައްޔަރުކޮށްފި

25 މޭ 2026

|

ފާތުމަތު އަދާ

ނައިފަރުން ހައެްޔަރުކުރި މީހާ/ފޮޓޯ:ފުލުހުން

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ޅ. ނައިފަރަށް ބަނގުރާ އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކ. ކާށިދޫ / ވިލާރަތްލާގެ، އިބްރާހީމް ތިހްނާން ޛަހީން (18އ) އެވެ.

މީނާ ހައްޔަރުކޮށްފައިވަނީ މި މެއި 24 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޛަހީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު