ENGLISH

25 މޭ 2026

Advertisement

ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އޭގައި ތިބި މީހުން ސަލާމަތް ކޮށްފި

25 މޭ 2026

|

އަޙުމަދު ޙަމީދު

ލޯންޗުގައި ތިބި މީހުން ސަލާމަތް ކުރުން --

ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އޭގައި ތިބި މީހުން ސަލާމަތް ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް އިން ބުނީ 17:30 ހާއިރު މާލެއިން އއ.ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ  "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެއުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާއި އެކު ވަނީ ގެނެވިފައި ކަމަށެވެ.

މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރު ކުރުމަށް ވަނީ ހަނދާންކޮށްދީފަ އެވެ.

ބޮޑު އީދާ ދިމާކޮށް ވަރަށް ގިނަ ބަޔަކު ދަނީ ކަނޑުމަގުން ދަތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު