ENGLISH
05 ޖުލައި 2025
ގާނޫނު އަސާސީ އިސްލާހުކުރުމަކީ މައިގަނޑު ފޯކަސް: ވިލިމާލެ ދާއިރާގެ މެމްބަރު
30 ނޮވެމްބަރު 2024
|
ވިލިމާލެ ދާއިރާގެ މެމްބަރު، މުޙައްމަދު އިސްމާޢީލް، އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި.
މަޖިލީހުގައި އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު، މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.
މީގެ އިތުރަށް ދިވެހި ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް މެމްބަރު މުހައްމަދު ވިދާޅުވިއެވެ. ޑިމޮކްރަސީއަކަށް ދޮންވެ ފައްކާވާން މަސައްކަތްކުރަމުންދާ އިރު، ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީތީ ނުފެތޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"އެނގިވަޑައިގަންނަވާނެ އަހަރެއްހާ ދުވަސް ވެރިކަމަށްވެގެން، އަހަރަކާ ދެތިން ދުވަސް ވެރިކަމަށްވެގެން މި ދާއިރު، އަޅުގަނޑުމެންނަށް ރައްޔިތުން މަޖިލީހުގެ 57 ޖަލްސާއެއް ބޭއްވި 19 ނޫނީ 21 ވަރަކަށް ގާނޫނަށް އިސްލާހުތަކެއް ގެނެވިއްޖެ އިނގޭތޯ،" މެމްބަރު ވިދާޅުވިއެވެ.
އިސްލާހު ކުރެވުނު ގާނޫނުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިޞާދު ރަނގަޅުކުރުމަށް ބޭނުންވާ ގާނޫނުތައް ހެދުން ހިމެނޭ ކަމަށާއި ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން އިސްލާހުކުރުމާއި، އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުން ވެސް ހިމަނާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރެއިން ފެނިގެން މިދަނީ ގައުމާއި ރައްޔިތުންގެ ހާލަތާއި އިޖުތިމާއީ ފޭރާން ރަނގަޅުކޮށް ކުރިއަށްދާން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޑިމޮކްރަސީ ބަލައިގަތް ފަހުން ވެރިކަންތަކުން ފެންނާން އޮތީ އެ ވެރިކަމަށް އަންނަ މީހާގެ ހައިބަތާއި ޖާހަތް ބޮޑުކުރާ މަންޒަރު ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޑިމޮކްރަސީގެ ވާހަކަ ދައްކައި ވެރިކަން ލިބުމުން އެއް ލެޕްޓޮޕާއި ރިސޯޓަކުން ޤައުމު ހިންގާނެ ކަމަށް ބުނެ، ކާބަފައިން ގެނެސްދިން އިހުތިރާމުގެ ބައި ގެއްލުވާލި ކަމަށް މެންބަރު މުހައްމަދު ވިދާޅުވިއެވެ.