ENGLISH
05 ޖުލައި 2025
ކުދި ހުރިހާ ރަށެއްގެ ކަރަންޓުގެ 50 އިންސައްތަ ސޯލާއަށް ބަދަލުކުރަނީ
29 ނޮވެމްބަރު 2024
|
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި
ކުދި ހުރިހާ ރަށެއްގައި ކަރަންޓުގެ ޚިދުމަތް 50 އިންސައްތަ ސޯލާއަށް މި ފަސް އަހަރު ތެރޭގައި ބަދަލުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީ ފަހުމީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވާލަކު 12 ގަޑިއިރު ސޯލާ މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތް ދެވޭނެ ނިޒާމު މި ދައުރު ނިމެންވާއިރަށް ގާއިމްކުރާނެ ކަމަށެވެ. އަދި މިހާރަށް ވުރެ ޚިދުމަތް ފަސޭހަކުރުމަށްޓަކައި ސްމާޓް މެންޓޯ ސިސްޓަމެއް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
""އިރާދަކުރެއްވިއްޔާ މި ފަސް އަހަރު އަޅުގަނޑުމެން ކުދި ހުރިހާ ރަށްތަކުގައި މަދުވެގެން 12 ގަޑިއިރު ސޯލާ އާއި ބެޓްރި ބޭނުންކޮށް ކާރބަން ނިއުޓްރަލްކުރުމުގެ ޕޮރެޖެކްޓެއް ކުރިއަށް މިގެންދަނީ" - އެމްޑީ ފަހުމީ
ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ވ. ރަކީދޫގައި ދުވާލަކު 22 ގަޑިއިރު ހުންނަނީ އިންޖީނު ނިއްވާލައިފައެވެ. އަދި ތިނަދޫ ފިޔަވައި ވ. އަތޮޅުގެ ހުރިހާ ރަށެއް އެގޮތަށް ޑުޕްލިކޭޓްކުރުމަށް ބޭންކުތަކާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕްރިޖެކްޓްތަކަށް ފަންޑުކުރާނީ ސީދާ ސްޓެލްކޯއިން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.