ENGLISH

05 ޖުލައި 2025

Advertisement

އެންސްޕާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އޭސީސީ އަށް ހުށަހަޅައިފި

29 ނޮވެމްބަރު 2024

|

އެމް އެމް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އޮފީސް.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް އުފެދޭ ގޮތަށް ބައެއް ނޫސްތަކުން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް އެކުލެވޭ މައުލޫމާތު ފަތުރަމުންދާތީ އެކަމާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ވީއެންމެ އަވަހަކަށް ހިންގައި ރައްޔިތުންނަށް އެކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިރޭ އެދިއްޖެ އެވެ.

އެންސްޕާ ހިންގަން އިމާރާތެއް ކުއްޔަށް ހިފުމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެ އެޖެންސީން މިރޭ ވަނީ އެކަމުގެ ޙަޤީޤަތް ވެސް ރައްޔިތުންނަށް ސާފުކޮށްދެއްވައިފައެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ އެޖެންސީން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ އެ ޖެންސީ ހިންގަން އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ މާލީ ވުޒާރާ އާއި އެ އެންސްޕާއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާއި އުޞޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެ މަޢުލޫމާތްތަކަކީ މާލީ ވުޒާރާގެ މަންސަތަކުން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ މަޢުލޫމާތުތަކެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި އެންސްޕާއަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފާފައި ވަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް އުސޫލުތަކުގެ ބޭރުންނެވެ. އަދި އެ އިދާރާއަށް މުވައްޒަފުން ނަގާފައި ވަނީ ވެސް ކޮޕަރްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެފައިވެއެވެ.

އެސްޕާއިން ވިދާޅުވެފައި ވަނީ އެ އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދައި، އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައި ވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުން، މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ފަތުރަމުން ދިޔުން ކުށްވެރިކުރަން. މިފަދަ މަޢުލޫމާތު ފަތުރާ ފަރާތްތަކުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަން،" އެންސްޕާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންވެ އެ އެޖެންސީއާ ގޮތުންނާއި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ މެދު މިނިވަން ތަހްޤީޤެއް ހިންގަވައިދެއްވައި އެކަންކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އޭސީސީގައި އެދުނީ ކަމަށް ވެސް އެންސްޕާއިން ވިދާޅުވެފައިވެއެވެ.

"ވީމާ މިކަމާ ގުޅޭ ގޮތުން ތިޔަ ކޮމިޝަނުން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންގޮސްދެއްވުމަށް ފަހު އެ ރިޕޯޓް ވީއެންމެ އަވަހަކަށް މި އެޖެންސީއާ ހިއްސާކޮށްދެއްވުން އެދެމެވެ." އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސް ކުރައްވައި އެންސްޕާ އިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު