ENGLISH

05 ޖުލައި 2025

Advertisement

ރޯދަ މަހު ކަރަންޓަކަށް ނުޖެހޭނެ: ފަހުމީ

30 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ސްޓެލްކޯގެ އެމްޑީ ފަހުމީ

އަންނަ ރޯދަ މަހު ކަރަންޓް ކެނޑުމުގެ މައްސަލައެއް ދިމާނުވެ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ޔަގީންކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ޕީކަށް ރޭޑީވުން ކަމަށެވެ. އަދި އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ކުރިޔަށްދާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވި އެވެ.

"ރާއްޖެއަށް ބޭނުންވާ ހުރިހާ އިންޖީނެއް އެހެރީ އޯޑަރުކުރެވިފައި. ޑިސެމްބަރ ނިމުމުގެކުރިން ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ލިބޭނެ މި އަންނަ ޕީކަށް." - އެމްޑީ ފަހުމީ

ރޯދަ މަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެއަށް ގާތްގަނޑަކަށް 15 މެގަވޯޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ލަފާ ކުރައްވައި ފަހުމީ ވިދާޅުވީ ބައެއް ސާމާނު އޯޑަރު ކުރެވި ބައެއް އެއްޗެހި ޝިޕް ވެސް ކުރެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން މި އަހަރަކީ ކަރަންޓް އެންމެ މަދުން ކެނޑުނު އަހަރުކަން ފަހުމީ ފާހަގަ ކުރެއްވިއެވެ. އަދި އޭގެ މާނައަކީ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވުން ކަމަށް އެމްޑީ ވިދާޅުވި އެވެ. 

"ކަރަންޓް ދާ ކޮންމެ ވަގުތަކީ އަޅުގަނޑުމެން މީހުން ކައިރިއަށް ސަލާންޖަހަން ދާން ޖެހޭ ވަގުތަކަށް ވެގެން ނުވާނެ. އެއީ މި ކުރާކަމަކީ،" - އެމްޑީ ފަހުމީ

ކިޔުންތެރިންގެ ހިޔާލު