ENGLISH

05 ޖުލައި 2025

Advertisement

އެންސްޕާއާ ބެހޭ ގޮތުން ދައްކާ ދޮގު ވާހަކަތަކުގެ ޙަޤީޤަތް ސާފުކޮށްދީފި

29 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ބެހޭ ގޮތުން ބައެއް ނޫސްތަކުން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމުގައި ބުނެ އެކަމުގެ ހަޤީޤަތް އެ އެޖެންސީން މިރޭ ސާފުކޮށްދީފިއެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ އެޖެންސީން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ މާލީ ވުޒާރާ އާއި އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާ އުޞޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެ މަޢުލޫމާތްތަކަކީ މާލީ ވުޒާރާގެ މަންސަތަކުން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ މަޢުލޫމާތުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި އެންސްޕާއަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފާފައި ވަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް އުސޫލުތަކުގެ ބޭރުންނެވެ. އަދި އެ އިދާރާއަށް މުވައްޒަފުން ނަގާފައި ވަނީ ވެސް ކޮޕަރްޝަނަށް މަގުފަހިވާ ގޮތަށެވެ. އަދި އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދާ، އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައިވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ.

"ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުން، މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ފަތުރަމުން ދިޔުން ކުށްވެރިކުރަން. މިފަދަ މަޢުލޫމާތު ފަތުރާ ފަރާތްތަކުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަން،" އެންސްޕާގެ ބަޔާނުގައި ބުނެފައިވެ އެވެ. 

އެންސްޕާއާ ގުޅޭ ގޮތުންނާއި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާ މެދު މިނިވަން ތަހްޤީޤެއް ހިންގަވައިދެއްވައި އެކަންކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު