ENGLISH
05 ޖުލައި 2025
ނުވަ ކެފޭ ބަލައި ފާސްކޮށް ހަތަރު ބިދޭސީން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި
29 ނޮވެމްބަރު 2024
|
ފޮޓޯ: އިމިގްރޭޝަން
މާލޭގެ ނުވަ ކެފޭއެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްލައިފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ނުވަ ކެފޭއެއް އިއްޔެ ބަލައި ފާސްކުރުމުން ސައްޙަ ވިސާއެއް ނެތި އުޅުނު ހަތަރު ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިދާރާ އިން ބުނެއެވެ.
މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.