ENGLISH

05 ޖުލައި 2025

Advertisement

ބައިނަލްއަޤްވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ: ވަޒީރު އިޙްސާން

29 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. -ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ

ބައިނަލްއަޤްވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓާރ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އަތުވެއްޖެ ނަމަ ހައްޔަރުކުރާނެތޯ ބައެއް މީޑިއާތަކުން ސުވާލުކުރުމުން، ވަޒީރު ވިދާޅުވީ އެއްވެސް މީހަކު ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާ އެކު ބައިނަލްއަޤްވާމީ އަމުރުތައް ރާއްޖެ އިން ތަންފީޒުކުރާނެ ކަމަށެވެ.

މިިނިސްޓާރ އިޙްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓް

ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އައިސީސީން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރުނެރެފަ އެވެ. މިކަމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔައިފައެވެ.  

އައިސީސީގެ އަމުރާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ރާއްޖެއިން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ ނިންމުމަށް އިޙްތިރާމުކުރާނެ ކަމަށާއި އެ ޙުކުމް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ނަވާރަ ސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު އުފެއްދި އައިސީސީ އަކީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި، ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. 

ކިޔުންތެރިންގެ ހިޔާލު