ENGLISH
05 ޖުލައި 2025
ގާނޫނު އަސާސީއޭ ކިޔައިގެން އެމްޑީޕީން އުޅެނީ ގައުމު ހަލަބޮލިކުރަން: ޝުޖާޢު
29 ނޮވެމްބަރު 2024
|
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - ފޮޓޯ؛ މަޖިލީސް
އެމްޑިޕީން ގާނޫނު އަސާސީއޭ ކިޔައިގެން އުޅެނީ ގައުމު ހަލަބޮލި ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި މެމްބަރު ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީއޭ ކިޔައިގެން ތިއުޅެނީ ގައުމު ހަލަބޮލި ކުރަން ކަމަށާއި ކުރިން އުޅުނު ގޮތަށް އަލިފާން ބޯޅަ އުކައި، މިރުސް ފެން ފުލުހުންގެ މޫނަށް ޖަހައި ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖެހި ޒަމާން އިޔާދަކުރަން ނޫޅުމަށެވެ.
" އެކަމެއް ދެން އިންޝާالله ނުވާނެ،" ސުޖާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކޮށްފި ނަމަ ދާނީ ކޯޓަށް ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީން މަގުމަތީގައި ކޯޓު ހަދައިގެން އުޅުނު ޒަމާން މާޒީވެއްޖެ ކަމަށާއި ގައުމަށް ބިލިއަން ޑޮލަރުގެ މަޝްރޫއުތައް އަންނަން ފެށި ވަގުތު މަގުމަތި ހަލަބޮލިކޮށް އެ ފުރުސަތުން ދިވެހިން މަހުރޫމު ކުރި ގޮތަށް ދެން އެކަމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.