ENGLISH

05 ޖުލައި 2025

Advertisement

އިސްލާމިކް ބޭންކިންގެ ގާނޫނެއް އަންނަ އަހަރު އެކުލަވައިލަނީ

29 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ގަވަރުނަރު މުނައްވަރު އެމްއެމް ޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ

އަންނަ އަހަރު އިސްލާމިކް ބޭންކިންގެ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މުނައްވަރު މިހެން ވިދާޅުވީ އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް ބޭންކުގެ ސެންޓަރެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ޤާނޫނެއް އެކުލަވައި ލެވިފައި ނުވާ ކަމަށް ވެސް އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ. އެހެންކަމުން އަމާޒަކީ އަންނަ އަހަރު އިސްލާމިކް ބޭންކިންގެ ޤާނޫނެއް އެކުލަވައިލުން ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ތެރޭގައި އަޅުގަނޑު ވަރަށް އިސްކަމެއް ދޭނަން އިސްލާމިކް ބޭންކިންގ ޤާނޫން، އަޅުގަނޑުމެން ވަރަށް އަވަހަށް ފަރުމާކޮށް ނިންމާލާފަ މަޖިލީހަށް ހުށަހަޅަން " - ގަަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވިއެވެ. 

ގަވަރުނަރު ވިދާޅުވި ގޮތުގައި އިތުރު ބޭންކްތައް ރާއްޖެއަށް ތައާރަފް ނުވަނީ އިސްލާމިކް ބޭންކިންގެ ޤާނޫނެއް ނެތި އިތުރު ފަސޭހަ ނެތުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު