ENGLISH
06 ޖުލައި 2025
ޖީޑީޕީގެ ނިސްބަތުން ފައިނޭންޝިއަލް ސެކްޓަރ ދެ ގުނަ ކުރުމަކީ އަމާޒެއް: ގަވަރުނަރު
29 ނޮވެމްބަރު 2024
|
ފައިނޭންޝިއަލް ސެކްޓަރ ޖީޑީޕީގެ ނިސްބަތުން ދެގުނަކުރުމަކީ އަމާޒެއްކަމަށް މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު މިފަދައިން ވިދާޅުވީ އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރ ތަރައްޤީވާން ޖެހޭ މިންވަރަށް ތަރައްޤީ ނުވާކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"ފަންސާސް އަހަރުގެ ތާރީހެއް މިދިޔަ ޓޫރިޒަމް އިންޑަސްޓްރީގައި ދިޔަ އިރު، މަލްޓި ބިލިއަން (ޑޮލަރުގެ) ޓޫރިސްޓް ރިސޯޓުތައް ހެދިގެން ދިޔައިރު އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީއާ އެއްވަރަކަށް ފައިނޭންޝިއަލް ސެކްޓަރ އެއް ނެތް ބޮޑުވެފައެއް، ފައިނޭންޝިއަލް ސެކްޓާރގެ އެސެޓްތައްވެސް ނެތް ގްރޯވެފަ އެއް،" - ގަވަރުނަރު ވިދާޅުވި އެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ގަވަރުނަރު ވާހަކަފުޅު ދައްކަވަނީ
މިހާރު ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރ ވަނީ 4 ނުވަތަ 5 އިންސައްތައިގައި ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފައިނޭންޝިއަލް ސެކްޓަރ ޖީޑީޕީގެ ނިސްބަތުން ދެގުނަ ކުރުމަކީ އަމާޒެއްކަމަށް ފާހަގަކުރެއްވި އެވެ.
"ދެން މިކަމަކީ އަޅުމެންނަށް ރީޗް ނުކުރެވޭނެ ޓާގެޓް ތަކެއް ނޫން. މިސާލަކަށް އަޅުގަނޑުމެންފަދަ ގައުމެއް ހަމަ މޮރިޝަސް އަކީ، އެ ގައުމުގެ ޖީޑީޕީގައި ފައިނޭންޝިއަލް ސެކްޓަރ މިހާރު ހަމަ އެއީ 12 ނުވަތަ 13 އިންސައްތަ،" - ގަވަރުނަރު ވިދާޅުވި އެވެ.
ޖީޑީޕީގައި ފައިނޭންޝަލްގެ ނިސްބަތް ބޮޑު ކުރުމަށްޓަކައި އޮންޝޯ އާއި އޮފްޝޯ ބޭންކިންގް ވަރުގަދަ ކުރުމާއި އޮފްޝޯއަށް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރުތައް ތަރައްޤީ ކުރުމަކީ ބޭނުންފުޅުވެލައްވާ ކަމެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ގަވަރުނަރުގެ ވާހަކަފުޅުން ފާހަގަވެގެން ދިޔައީ ދިވެހި ރާއްޖޭގެ ފައިނޭންޝިއަލް ސެކްޓަރ ހަރުދަނާ ކުރެވޭނެ ކަމާއި އެކަން ކުރުމަށް މިހާރުގެ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމެވެ. އަދި ރާއްޖޭގެ ބޭންކްތަކާއި އިންޝޯރެންސް ކުންފުނިތަކުގެ ޕޮލިސީތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.